Last Updated: March 29, 13:51
Friday, March 29, 2024
ޚަބަރު

ހޮންކޮންގުން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެ

ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ހޮންކޮންގުން ފެނިއްޖެކަމަށް އެގައުމުން ބުނެފިއެވެ.

ހޮންކޮންގުން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފެނިފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެމީހާއަކީ މިދިޔަ އަންގާރަދުވަހުގެ ރޭ ވޫހާން އިން ހޮންކޮންގަށް ރެއިލްގައި ދަތުރުކުރި މީހެކެވެ.

ޗައިނާ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މީހާ ކްރޯނާ ވައިރަސްއަށް ޓެސްޓު ކުރީ ހުންއައިސް ރޯގާ ވައްތަރުވެފައު ހުރުމުންނެވެ. އޭނާގެ ދެ ޓެސްޓެއް ހަދާފައިވާ އިރު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ތިންވަނަ ޓެސްޓެއް ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ޗައިނާއިން މިހާތަނަށް މިބަލިޖެހިފައިވާ 471 މީހަކު ވަނީ ފެނިފައެވެ. އަދި މިހާތަނަށް މިބަލީގައި 9 މީހަކު ވަނީ މަރުވެފައެވެ.

ކްރޯނާ ވައިރަސްގެ އަސަރު ޗައިނާގެ 13 ޕްރޮވިންސަކުން ފެނިފައިވާއިރު، ޖަޕާން، ތައިލެންޑު، ތައިވާން، ކޮރެއާ އަދި އެމެރިކާއިން ވަނީ ފެނިފައެވެ.

މި ބަލިން ރައްކާތެރިވުމަށް އެއާޕޯޓުތަކުގައި ސްކްރީން ކުރުން ވަރުގަދަ ކުރަމުން އަންނަ އިރު މި ބަލި މުޅި ދުނިޔެއަށް ފެތުރިދާނެ ކަމުގެ ބިރު މިހާރުވަނީ ހީވެފައެވެ.