Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

ރޯމާ ބަލިކޮށް ޔުވެންޓަސް ސެމީ އަށް

3-1 އިން ރޯމާ ބަލިިކޮށް އިޓާލިއަން ކަޕްގެ ސެމީފައިނަލަށް ޔުވެންޓަސް ދަތުރުކޮށްފިއެވެ.

ޔުވެންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 26 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ އެންމެފަހުން ޔުވެންޓަސް އަށް ކުޅެދިން 10 ވަނަ މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި 13 ވަނަ ގޯލެވެ.

މެޗުގެ 38 ވަނަ މިނެޓްގައި ރޮޑްރިގޯ ބެންޓަންކޫރް ޔުވެންޓަސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިއަނާޑޯ ބޮނޫޗީ ވަނީ ޔުވެންޓަސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.

ރޯމާ އިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ގޯލަކީ މެޗުގެ 50 ވަނަ މިނެޓްގައި ޔުވެންޓަސްގެ ކީޕަރު ޖިއާންލުއިޖީ ބުފޮން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މުބާރާތުގެ ސެމީގައި ޔުވެންޓަސް ބައްދަލުކުރާނީ އޭސީ މިލާނާއި ޓޮރީނޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.