Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ޑޮކްޓަރަށް ދައްކަން ގެނައުމުން ފިލި ގައިދީ ހައްޔަރުކޮށްފި

ފިލި ގައިދީ --

އައިޖީއެމްއެޗްއަށް ޑޮކްޓަރަށް ދައްކަން ގެނައުމުން ފިލި ގައިދީ ހައްޔަރުކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން ބުނީ ފުލުހުންގެ އެހީތެރިކަމާއި އެކުގައި އޭނާ ހައްޔަރުކުރީ މިއަދު 14:10 އެހާކަށްހާއިރު ކަމަށެވެ. އަދި އޭނާ މިހާރު ހުރީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ފިލި ގައިދީއަކީ އުމުރުން 24 އަހަރުގެ އައިސަރު ނަސީމް ނަމަކަށް ކިޔާ މީހެކެވެ. އޭނާ އައިޖީއެމްއެޗަށް ގެނައީ މިއަދު ހެނދުނު 8:24 އެހާކަށްހާއިރުއެވެ. އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީއެކެވެ.