Last Updated: July 25, 18:05
Saturday, July 25, 2026
ސިޔާސީ

"ގައުމައިގެން ކުރިއަށް" ކޯލިޝަން އައްޑު އަށް

ކޯލިޝަނުން ޖޫން މަހުގެ 13 ވަނަ ދުވަހުގެ ރޭ އައްޑޫގައި ބޭއްވި ޖަލްސާ. ފޮޓޯ/ ކިއުންތެރިއެއް

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ "ގައުމައިގެން ކުރިއަށް" ކޯލިޝަނުގެ އިތުރު ސިޔާސަތެެއް ހާމަ ކުރުން ހުކުރު ދުވަހުގެ ރޭ އައްޑޫގައި ބާއްވާ ގޮތަށް ހަަމަޖައްސައިފި އެވެ.

ޑރ. ވަހީދުގެ ރަނިންމޭޓް އަހުމަދު ތަސްމީން އަލީ ވިދާޅުވީ ކޯލިޝަނުގެ އަންހެނުންނާއި އަދިވެސް އިތުރު ދާއިރާތަކާ ގުޅޭ ސިޔާސަތުތައް ހާމަ ކުރަން ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ރޭ ހިތަދޫގައި ކަމަަށެވެ.

އެނގިފައިވާ ގޮތުގައި ކޯލިޝަނުން އައްޑު އަށް މި ފަހަރު ކުރާ ދަތުރުގައި ޑރ. ވަހީދު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އަދި ޓީމްގައި އިސްކޮށް ހުންނަވާނީ ރަނިންމޭޓް ތަސްމީން އަލީ އެވެ.