Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޮރޯނާވައިރަސް ފެތުރޭ ވޫހާންގައި އައްޑޫ ތިން މީހަކު ތާށިވެފައި

ޗައިނާގެ ސިއްހީ މާހިރުންތަކެއް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން، 6 ދިވެހިން ވަނީ ވޫހާންގައި ތާށިވެފައި

ކޮރޯނާ ވައިރަސް ހަލުވި ކަމާއި އެކު ފެތުރޭތީ ކަރަންޓީނު ކުރެވިފައިވާ ޗައިނާގެ ވޫހާންގައި އައްޑޫގެ ތިން މީހަކު ތާށިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތާށިވެފައިވާ މީހުންގެ ތެރޭގައި ދެ އަހަރު ނުފުރޭ ކުޑަ ކުއްޖަކުވެސް ހިމެނެއެވެ. އެމީހުން ވަނީ ކޮރޯނާ ވައިރަސް ފެތެރެން ފެށުމާއި އެކު ޗައިނާގައި ހުންނަ ދިވެހި އެމްބަސީއަށް އެމީހުން ވަނީ އެހީއަށް އެދިފައެވެ. ނަމަވެސް އެމްބަސީން އެއްވެސް އެއްބާރުލުމެއް ނުލިބޭކަމަށް މައުލޫމާތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި އައްޑޫ ތިން މީހުންގެ އިތުރުން އިތުރު ތިން ދިވެއްސަކުވެސް ވަނީ ވޫހާންގައި ތާށިވެފައެވެ.

ވޫހާންގައި ތިބި ދިވެހިންގެ ހާލު ދިވެހި ސަރުކާރުން ނުބަލާކަމަށް ބުނެ މޯލްޑިވްސް-ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަންގެ ނައިބު ރައީސް މިދުއަމް ސައުދުވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިދުއަމް ބުނެފައިވަނީ އެ ޖަމިއްޔާގެ ފަރާތުން ވޫހާންގައި ތިބި ދިވެހިންނާއި ގުޅައި ހާލު ބަލާފައި ކަމަށެވެ.

ހަލުވި ކަމާއި އެކު ޗައިނާގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ވޫހާންއިންނެވެ. މިހާތަަނަށް ވޫހާންއިން އެކަނި 632 މީހަކަށްވަނީ މި ބަލި ޖެހިފައެވެ. އަދި މަރުވި 17 މީހުން މަރުވެފައިވަނީވެސް ވޫހާންއިންނެވެ.

ބަލިފެތުރޭތީ މިހާރު މުޅި ސިޓީ ކަރަންޓީނު ކުރެވިފައިވާއިރު ޗައިނާގެ ނޫސްތަކުން ސިފަކޮށްފައިވާ ގޮތުގައި މުޅި ސިޓީ ވަނީ ފަޅުވެފައެވެ. ފިހާރަތަކާއި، އާއްމު ދަތުރުފަތުރުވަނީ މެދުކަނޑާލާފައެވެ.