Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

"ލާމު މެރެތަން" އާއެކު މެޑަމް ފަޒްނާ ތާރީހުގެ ތެރެއަށް!

މީގެކުރިން ލާމުގައި ބޭއްވި ދުވުމެއްގައި މެޑަމް ފަޒްނާ ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ / ރައީސް އޮފީސް

މިއަދު ހެނދުނު ކުރިއަށްދިޔަ "ލާމު މެރަތަން" ފުރިހަމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ތާރީހުގެ ތެރެއިން ޖާގަ ހޯއްދަވާފައެވެ.

އޮލިމްޕިކް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް، އަހުމަދު މަރުޒޫގް މިއަދު ހެނދުނު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އެންމެ ފުރަތަމަ މެރަތަންއެއް ފުރިހަމަ ކުރެއްވި ފަސްޓް ލޭޑީ އަކީ ކެންޔާގެ ފަސްޓްލޭޑީ ކަމަށެވެ. އެއީ 2014 ވަނަ އަހަރުގައި ކަމަށް މަރުޒޫގު ވިދާޅުވި އެވެ. 2014ވަނަ އަހަރުގެ ލަންޑަން މެރަތަންގައި ދުވެ މާގަރެޓް ކެންޔައްޓާ އެ މެރެތަން ފުރިހަމަކުރެއްވީ 7 ގަޑިއިރާއި، 4 މިނެޓުންނެވެ.

މަރުޒޫގު އިތުރަށް ވިދާޅުވީ ކެންޔާގެ ފަސްޓްލޭޑީ އަކީ ދުނިޔޭގައި އެންމެ ފުރަތަމަ މެރަތަންއެއް ފުރިހަމަކުރެއްވި ފަސްޓްލޭޑީ ނަމަވެސް، މެޑަމް ފަޒްނާ ވަނީ ކެންޔާގެ ފަސްޓްލޭޑީ މެރަތަން ނިންމި ވަގުތަށް ވުރެ އަވަހަށް ނިންމަވައި ރެކޯޑެއް ހައްދަވާފައި ކަމަށެވެ.

ލާމު މެރަތަންގެ ޓައިމިންގއާއެކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެވަޑައިގެންފައިވަނީ އެންމެ އަވަހަށް މެރަތަންއެއް ފުރިހަމަކުރެއްވި ފަސްޓް ލޭޑީއަށެވެ.

މެރަތަން އެއް ފުރިހަމަ ކުރެއްވި ދުނިޔޭގެ ދެވަނަ ފަސްޓް ލޭޑީ އަކަށް މެޑަމް ފަޒްނާ ވެވަޑައިގެންފައިވާ އިރު، އެކަމަނާ އަކީ އާންމުކޮށް ވެސް ކުޅިވަރުގެ ކަންކަމުގައި އުޅުއްވާ ބޭފުޅެކެވެ. އަދި ރާއްޖޭގައި ބާއްވާ ދުވުން ތަކުގައި އާންމުގޮތެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ.