Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ފެން މީޓަރުން ނަގަމުން އައި 30 ރުފިޔާ ކަނޑާލަން ވާނީ ނިންމާފައި: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ސައީދު މުހައްމަދު، ފޮޓޯ: ރާއްޖެއެމްވީ

ގޭގެ އަށް ލާފައިވާ ފެން މީޓަރަށް ނަގަމުން އައި 30 ރުފިޔާ ކަނޑާލުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ މެނިފެސްޓޯ އެކުލަވާލުމަށް ޓަކައި، ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ކުރިއަށްދިޔަ ބައްދަލުވުމުގައި، ފެނުގެ ހިދުމަތް ބޭނުން ނުކުރާ ގޭގެއިންވެސް މެދު ނުކެނޑި ފެންމީޓަރަށް 30 ރުފިޔާ ނަގަމުން ގެންދާކަން ފާހަގަ ކުރައްވައި އައްޑޫ ސީޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ސޯބެ ވިދާޅުވީ އެއްގޮތަކަށްވެސް ފެން ބޭނުން ނުކޮށް ހުންނަ ގެތަކުންވެސް ކޮންމެ މަހަކު 30 ރުފިޔާ ނަގަމުން އަންނަ ކަމަށެވެ. އަދި އެ އެކަމަކު ސަބަބުން ރައްޔިތުންނަށް އިތުރު ދަތިތަކެއް ކުރިމަތިވާކަން ފާހަގަކުރައްވާ ސޯބެ ވިދާޅުވީ ބައެއް ގެެތަކުގެ ބިލު ތިންހާހުން މައްޗަށް އަރައިގެންދާ ފަހަރުތައްވެސް އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ގެއެއްގެ ފާރު ބުޑުގައި ހުންނަ އިސްކުރަކަށް 30 ފުރިޔާ ނަގަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ ސަރުކާރު ކުންފުނިތަކުން އެފަދަ ހިދުމަތްތައް ދޭއިރު އެކަމާ ބެހޭ ގޮތުން ކައުންސިލްތަކާ މަޝްވަރާކޮށް ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ދެކެވަޑައިގަންވާ ކަމަށެވެ.

ސޯބެގެ ސުވާލަށް ޖަވާބު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ސައީދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލު ވުމަަށްފަހު އެ 30 ރުފިޔާ ކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ 30 ރުފިޔާ ނުނެގުމަށް ފެނެކައިގެ ބޯޑުން މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން ނިންމައި އެކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.