Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ކަރަންޓު ސާމާނު ވިއްކުމުގައި ތަޖުރިބާހުރި އެނާޖީ ވާރލްޑް މިހާރު އައްޑޫގައި!

ގިނަބައެއްގެ އިތުބާރު ލިބިފައިވާ އަދި ތަޖުރިބާ ހުރި އެނާޖީ ވާރލްޑުގެ ޝޯރޫމެއް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފިއެވެ.

މިއީ ޕްލޭންކްޓަން އިންޖިނިއަރިންގ ގެ ދަށުން ހިންގަމުން އަންނަ އެނާޖީ ވާރލްޑްގެ ޝޯރޫމެއް މާލެސިޓީން ބޭރުގައި ހުޅުވި ފުރަތަމަ ފަހަރެވެ. ނަމަވެސް އެކުންފުނީގެ ތިން ޝޯވް ރޫމް ވަނީ މާލެ ސަރަހައްދުގައި ހުޅުވާފައެވެ.

ދެހާސް ފަސްވަނަ އަހަރުން ފެށިގެން މެދު ކެނޑުމެއް ނެތި ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމުގައި ދެގޮތެއް ނުވެ ކުރިޔަށް ގެންދާ އެނާޖީ ވޯލްޑަކީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑުތަކުގެ ކަރަންޓު ސާމާނާއި ޕެނޮސޮނިކް ފަންކަލާއި ބޮކި ފަދަ ތަކެތި ވިއްކަމުން އަންނަ ބައެކެވެ. މީގެއިތުން އެމެރިކާއިން އުފައްދާ "ރުސްޓޮލިއަމް" ނަމަކަށް ކިޔާ ނަން މަޝްހޫރު ކުލަވެސް މި ފަރާތުން އަންނަނީ ވިއްކަމުންނެވެ.

މީގެއިތުރުން ފެން ޕަމްޕާއި ފާރުތަކުން ފެން ފައިބާ މައްސަލައަށް ހައްލު ހޯދައި ދިނުމާއި އިންޑޯ އައުޓު ޑޯ ލައިޓަކީވެސް މި ޝޯރޫމުން ވިއްކާ ބައެއް ތަކެއްޗެވެ.

އައްޑޫލައިވްއާ ވާހަކަދައްކަމުން އެނާޖީ ވާރލްޑުގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މަރިޔަމް ޔައުފާ ބުނީ އެނާޖީ ވޯލްޑުގެ ހަތަރުވަނ ޝޯ ރޫމް އައްޑޫ ސިޓީގައި ހުޅުވިގެން ދިއުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެނާޖީ ވޯލްޓުގެ އައުޓްލެޓުތައް ގާއިމް ކުރުމަކީ ދެކެމުން އަންނަ ވަރަށް ބޮޑު ހުވަފެނެއް ކަމަށްވެސް އޭނާ ބުންޏެވެ.

އަދި ބުނީ އައްޑޫ ސިޓީގައި އެނާޖީ ވާރލްޑުގެ ޝޯރޫމެއް ހުޅުވުމުގެ މަގްސަދަކީ މާލެއެކޭ އެއް އަގެއްގައި އެނާޖީ ވޯލްޑުން ވިއްކާ ތަކެތި ފޯރު ކޮށްދިނުން ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ބާވަތްތައް އެ ޝޯ ރޫމަށް އިތުރު ކުރާނެ ކަމަށެވެ.