Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މިދިޔަ އަހަރު އެކަނިވެސް 5100އަށްވުރެ ގިނަ ވަރި ކޮށްފައިވޭ!

ފެމެލީ ކޯޓު --

މިދިޔަ އަހަރު ރާއްޖޭގައި 5100 އަށްވުރެ ގިނަ ވަރިކޮށްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޑީޖޭއޭ އިން މިއަދު އާންމުކުރި ވަރި ކައިވެނީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ޖުމްލަ 5117 ވަރި ކޮށްފައިވެއެވެ. އެއީ އެވްރެޖްކޮށް ދުވާލަކު 14 ވަރިއެވެ. މި އަދަދަކީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 61.6 ޕަސެންޓް އިތުރުވުމެކެވެ. ދެހާސް އަށާރަވަނަ އަހަރު ރާއްޖޭގައި ކޮށްފައިވަނީ 3166 ވަރިއެވެ.

ކައިވެނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު 6509 ކައިވެންޏެއް ކޮށްފައިވެއެވެ. އެއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 17 ކައިވެންޏެވެ. މި އަދަދަކީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 23 ޕަސެންޓްގެ އިތުރު ވުމެކެވެ. އެގޮތުން 2018 ވަނަ އަހަރު ރާއްޖޭގައި 5290 ކައިވެނި ކޮށްފައިވެއެވެ.

މިދިޔަ އަހަރު ރާއްޖޭގައި 5100 އަށްވުރެ ގިނަ ވަރި ކޮށްފައިވާއިރު، ރާއްޖެއަކީ މުޅި ދުނިޔެއިން ވެސް އާބާދީ އާއި ބަލާއިރު ވަރި އެންމެ ގިނަ ގައުމެކެވެ.