Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

"އެކްސްޕެޓް އޮންލައިން ސިސްޓަމް"ގެ ގިނަ ހިދުމަތްތައް މެދުކަނޑާލައިފި

ބިދޭސީންނާ ގުޅޭ އެކި ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭ "އެކްސްޕެޓް އޮންލައިން ސިސްޓަމް"ގެ ހިދުމަތްތަކެއް އިކޮނޮމިކް މިނިސްޓްރީން މެދުކަނޑާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ރެގިއުލަރައިޒޭޝަނާ ގުޅޭ ހިދުމަތްތައް ފިޔަވައި އެހެން ހުރިހާ ހިދުމަތްތަކެއް އިއްޔެއިން ފެށިގެން އަންނަ ބުދަ ދުވަހު ނިޔަލަށް މެދުކަނޑާލާފައިވާ ކަމަށެވެ.

ހިދުމަތްތައް މެދުކަނޑާލީ އެ ސިސްޓަމްއަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެނައުމަށްޓަކައި ކަމަށާއި އެއަށްފަހު ހިދުމަތްތައް އަލުން ދޭން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އެ ސިސްޓަމުގެ ހިދުމަތްތައް އަލުން ފަށާނީ މި މަހުގެ 30 ވަނަ ދުވަހުގަ އެވެ. ރާއްޖެއަށް ބިދޭސީން ގެންނަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭނީ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީ ކުރުމަށްފަހު، އެ ސިސްޓަމްގެ ތެރެއިންނެވެ.

އިކޮނޮމިކް މިނިސްޓްރީން އަންނަނީ ރާއްޖޭގައި ވިސާ ނެތި އުޅެމުން އަންނަ ބިދޭސީންނަށް ވެސް ދެވަނަ ފުރުސަތުގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ހިންގަމުންނެވެ. އެ ޕްރޮގްރާމަށްވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.