މާލެސިޓީގައި ހުރި އަތޮޅު ފިހާރަތަކުގެ ތެރެއިން ބައެއް ފިހާރަތައް ކުއްޔަށް ދިނުމަށް އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ނ. އަތޮޅު ފިހާރަ އިރުމަތީ ބައި ނުވަތަ ގަލޮޅު ބޯޅަ ދަނޑު 11 ނަމްބަރު ފިހާރައާކް ރެސެންޓް ހަތް ނަމްބަރު ފިހާރައާއ. އަތޮޅު ފިހާރަ ދެކުނު ފެންޑާ ދެކުނުބައިގެ އިތުރުން ކްރެސެންޓް 14 ނަމްބަރު ފިހާރަ ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ ފިހާރަތައް ކުއްޔަށް ދިނުމަށް އިއުލާން ކުރީ މިހާރު އެ ފިހާރަތައް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާން ކައިރިވެފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މި ފިހާރަތައް ކުއްޔަށް ދިނުމަށް އެދި ހުށަހަޅާ ބިޑް ފޯމް ވިއްކާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހަށް ކަމަށެވެ. ދާދިފަހުން ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައިވާ ގޮތުގައި އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ ކައުންސިލް ތަކަށް ލިބިގެންދާނެއެވެ.
މިދިޔަ އަހަރު ފިނޭންސް މިނިސްޓްރީން ވަނީ ހަތަރު އަހަރު ދުވަސް ވަންދެން މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ ދިނުން ހުއްޓާލާފައި ވަނިކޮށް އަލުން އެފައިސާތައް ދީފައެވެ.