Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ކާމިޔާބީގެ ފަހަތުގައި ތިބީ ދިވެހި ރައްޔިތުން: އުރީދޫ

އުރީދޫ މޯލްޑިވްސްއަށް މިހާތަނަށް ލިބިފައިވާ ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ތިބީ ދިވެހި ރައްޔިތުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދީ ސީއީއޯ ނަޖީބް ހާން ވިދާޅުވެއްޖެއެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި އުރީދޫގެ "މަރުހަބާ 2020" ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޖީބް ވިދާޅުވީ އުރީދޫއަކީ ރާއްޖޭގެ ޓެލެ ކޮމިއުނިކޭޝަންގެ ހިދުމަތަކަށް ބޮޑު ބަދަލެއް ގެނެސްދިން ކުންފުންޏެއް ކަމަށެވެ. އަދި ދުނިޔޭގެ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި އެކުގައި އުރީދޫ ދިވެހި ރައްޔިތުންނަށް އަބަދުވެސް ފަހުގެ ހިދުމަތްތައް ގެނެސްދެމުން ގެންދާނެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ ކުންފުންޏަށް އަބަދުވެސް އެންމެ މުހިއްމު ވާނީ ދިވެހި ރައްޔިތުން ކަމަށާއި ދިވެހި ރައްޔިތުން އެއްބާރުލުން އަބަދުވެސް ބޭނުންވާނެ ކަމަށެވެ.

ނަޖީބު ހާން ވަނީ އެކުންފުނިން އެ ކުންފުނިން ފޯރުކޮށްދިން ގިނަ ހިދުމަތްތައްތަކުގެ ސަބަބުން މިއަދު ރާއްޖޭގެ އެތައް ދާއިރާއެއް ކުރިއަރާފައިވާ ކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އިގްތިސާދީ ގޮތުން ކުރިއެރުން ލިބުމާއި ވިޔަފާރީގެ އާ ފުރުސަސަތުތައް ހުޅުވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ފޯރުކޮށްދިނިން 2ޖީ، 3ޖީ، 4ޖީ އަދި 5ޖީ ވެސް. ކުރިއަށް އޮތް ތަނުގައި އަންނަން އޮތީ އަދި ކިތައް ޖީ ކަމެއް ނޭނގޭ. އެހެން ނަމަވެސް ދުނިޔެއަށް ތައާރަފުވާ ކޮންމެ ޓެކްނޮލޮޖީއެއް ވެސް ރާއްޖެއަށް ގެންނަން އުރީދޫއިން އޮތީ ތައްޔާރަށް." ނަޖީބް ހާން ވިދާޅުވިއެވެ.

އުރީދޫ، ސައިބާ ކްރައިމް ހުއްޓުވުމަށް އަތުކުރި އޮޅާލައިފި!

ރޭގެ ހަފްލާގައި އުރީދޫއިން ވަނީ އިންޓަނެޓު ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ އަމާޒާއެކު އުރީދޫގެ މިއަހަރުގެ ސީއެސްއާރު ކެމްޕޭން އިފްތިތާހުކޮށްފައެވެ.

'ސައިބާ ސޭފްޓީ ކެމްޕޭން' ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރުއާއި އުރީދޫގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާނެވެ. އުރީދޫއިން ބުނީ މި ކެމްޕޭނުގެ މައިގަނޑު އަމާޒަކީ ސައިބާ ސޭފްޓީއާ ބެހޭގޮތުން މުޅި ރާއްޖެ ހޭލުންތެރިކޮށް، އިންޓަނެޓަކީ ހުރިހާ އެންމެންނަށް ވެސް އަމާން ތަނަކަށް ހެދުން ކަމަށެވެ.

މީގެ އިތުރުން އެ ހަފްލާގައި އުރީދޫއިން 2018 ވަނަ އަހަރު ފެށި ނިރު އެކްސެލެރޭޓާ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި ވެސް ވަނީ ފަށާފައެވެ. ނިރު އެކްސެލެރޭޓާއަކީ އީޖާދީ ދިވެހި އުފެއްދުންތަކަށް ރާއްޖެއިންނާއި ބައިނަލްއަގުވާމީ މާކެޓުގައި ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރާއްޖޭގައި ފެށި އެފަދަ ފުރަތަމަ އެކްސެލެރޭޓަރ ޕްރޮގްރާމެވެ.