Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

ރާއްޖޭގެ ފުރަތަމަ ފިނި ޕެޑް "ސޮފީ ކޫލް" ސިބްކޯއިން އެތެރެކޮށްފި

ދުނިޔޭގެ އިތުބާރު ހޯދާފައިވާ ޖަޕާންގެ ނަންބަރު ވަން މަޝްހޫރު ސެނިޓަރީ ޕެޑް "ސޮފީ ކޫލް" ސިބްކޯއިން ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފިއެވެ.

"ސޮފީ ކޫލް" ޕެޑަކީ، އިންޑިއާގައި ވެސް އެންމެ ފުރަތަމަ ތައާރަފްކުރި މި ފިނި ފެޑަކީ ރާއްޖޭގައި ފުރަތަމަ ތައާރަފުކުރި ފިނި ޕެޑެވެ. މި ޕެޑް ބޭނުން ކުރުމުން މައްސަރު ދުވަސްވަރުގައި ދިމާވާ ހިރުވުމާއި، ލީކުވުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެއެވެ.

މަޝްހޫރު 'މަމީޕޮކޯ' ނެޕީ އުފައްދާ ޔުނިޗާރމްގެ މި އުފެއްދުމާއި ގުޅޭ ގޮތުން ހެދި ސާވޭ އެއް ބުނާގޮތުން، "ސޮފީ ކޫލް" ޕެޑަކީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް އޭސިއާ ގައި ބޭނުންކުރާ ޕެޑްގެ މަޝްހޫރު ބްރޭންޑްތަކުގެ ތެރެއިން ފިނި އިހުސާސެއްކޮށްދޭ ހަމައެކަނި ޕެޑެވެ. މި ޕެޑްގައިވާ ޖަޕާންގެ "ކޫލް ޕެޑް ޓެކްނޮލޮޖީ" އިން ލީކުނުވެ ގިނައިރު ހިފަހައްޓައި ދެނީ، އެހެނިހެން އުނދަގޫތަކުން ދުރުކޮށްދެމުންނެވެ. ސާފުތާހިރުކަން މިޕެޑްގައި ބޭނުންކޮށްފައިވާ ޓެކްނޮލޮޖީ އިން ގެނެސްދެއެވެ.

ސިބްކޯ އިން އެތެރެކުރާ "ސޮފީ ކޫލް" ޕެޑް ވީބީގެ ސުޕާ މާކެޓް ތަކުން މިހާރު ލިބެން ހުންނާނެއެވެ.