Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ބަންދުކުރި ފަހުން ނަފްސާނީ ގޮތުން ބަލިކަށިވެއްޖެ: ޔާމީން

ސަރުކާރު ބަދަލުވުމަށް ފަހު ފުރަތަމަ ވެސް ޖަލުގައި ބަންދުކުރުމާއެކު ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން، މިއަދު ހައިކޯޓުގައި ވިދާޅުވެއްޖެއެވެ.

ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވުމަށް ފަހު ޔާމީން ވަނީ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އެމަނިކުފާނުގެ ވަކީލުން ވަނީ ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް އެދި ހައިކޯޓަށް މައްސަލައެއް ހުށައަޅައި، އިސްތިއުނާފު ވެސް ކޮށްފައެވެ.

މިއަދުގެ އަޑު އެހުމުގައި ރައީސް ޔާމީން ވިދާޅުވީ، ދައުލަތުން މައްސަލަ ބަލަން ފެށުމަށް ފަހު މައްސަލަ ނިމެންދެން ޖަލުގައި ބަންދުކުރުމަށް އެދުމުން ކްރިމިނަލް ކޯޓުން އެމަނިކުފާނު ޖަލަށް ލުމާއެކު ނަފްސާނީ ގޮތުން ބަލިކަށި ވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ބަންދުން ސަލާމަތް ވުމަށް ފަހު ހިތުގެ މައްސަލަ ވެސް ދިމާ ވެފައިވާ ކަމަށާއި އެކަމަށް ފަރުވާ ހޯދަން ވެސް ބޭރަށް ވަޑައިގަންނަވަން ޖެހިފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.