Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ރީކޯ މޫސައަށް އަނިޔާކުރި މައްސަލަ ހަތް އަހަރު ފަހުން ބަލަނީ

ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ – ފޮޓޯ: މަޖިލިސް

ދެހާސް ބާރަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ)އަށް އަނިޔާ ކުރި މައްސަލައިގެ ޝަރީއަތް ހަތް އަހަރު ފަހުން ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.

މޫސައަށް އަނިޔާކުރި މައްސަލަ އަލުން ބަލަން ފަށާފައިމިވަނީ ކްރިމިނަލް ކޯޓްގައި ފުނި ޖެހިފައިވާ ދުވަސްވީ މައްސަލަތައް އަވަހަށް ނިންމުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިންނެވެ. މޫސާ މަނިކަށް ހަމަލާދީފައި ވަނީ ގދ. ތިނަދޫ ރޯޒީވިލާއިރު މުހައްމަދު ވަހީދެވެ. އޭނާއަކީ ފުލުހުންގެ ވަޒީފާގައި ހުރި މީހެކެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ވެއްޓުމުން އެމްޑީޕީން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކޮށްފައެވެ. އެގޮތުން މާލޭގެ މަގުތަކަށް ވެސް އެތައް ހާސް ބަޔަކު އެއްވެ މުޒާހަރާ ކުރިއެވެ. އަދި އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ވަރަށް ބޮޑަށް ބާރުގެ ބޭނުންވެސް ކޮށްފައެވެ. އެ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބުނުއިރު މޫސައަކީ އެންމެ ބޮޑު އަނިޔާއެއް ލިބިގެންދިޔަ ބޭފުޅާއެވެ. އެ އަނިޔާތަކަށް މޫސަ ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ވެސް ހޯދާފައެވެ.

މި މައްސަލާގައި އިއްޔެ ވަނީ ހެކިވެރިންވެސް ހާޒިރުކޮށްފައެވެ. އޭގެތެރެއިން ބައެއް ހެކިވެރިންނަކީ ނޫސްވެރިންނެވެ. މައްސަލާގައި ތުހުމަތު ކުރެވޭ ފުލުސް މީހާ ވަނީ މައްސަލަ ނަގައި ދިނުމަށް ޕީޖީ އޮފީހުގައި ސިޓީއަކުން އެދިފައެވެ. އެހެންނަމަވެސް އަނިޔާގެ މައްސަލައަކަށް ވާތީ އެ މައްސަލަ ނަގައިދެވެން ނެތް ކަމަށް ޕީޖީން ވަނީ އަންގާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަންވެސް ކުރެއްވި މޫސަ އެޕާޓީން ވަކިކުރީ މަޖިލީހުގައި ނެގިގެން ދިޔަ ވޯޓެއްގެ ސަބަބުންނެވެ. ކުރީގެ ރައީސް އަބްދުުﷲ ޔާމީންގެ ވެރިކަމުގައި ނެގި އެ ވޯޓު އެމްޑީޕީއާ ދެކޮޅަށް ދިނ