ޅ. ހިންނަވަރަށް 10 ފުޅި ބަނގުރާ އެތެރެކުރަން އުޅެނިކޮށް ހިފަހައްޓައިފިއެވެ. މި ބަނގުރާ ފުޅިތައް އެތެރެކުރަން އުޅެފައި ވަނީ މާލެއިން ހިންނަވަރަށް ފުރައިގެން ދިޔަ ބޯޓަކުންނެވެ.
ފުލުހުން ބުނީ އެތަކެތި އެރަށަށް އެތެރެ ނުކުރެވި އުޅެނިކޮށް ފުލުހުން އެތަކެތި ހިފަހައްޓާފައިވާ ކަމަށެވެ. ފުލުހުން ބުނީ ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އަތުލައިގެން ބަނގުރާ ފުޅިތައް ފުލުހުންގެ ބެލުމުގެ ދަށަށަށް ގެނެސްފައިވާ ކަމަށެވެ.
Hinnavarah etherekuran ulhunu ban'guraa fulhithakeh hoadhai fuluhunge belumuge dhashah genesfi. #HinnavaruPolice #PoliceIntelhttps://t.co/b6MM7ub174 pic.twitter.com/K8JVhWIwTF
— Maldives Police (@PoliceMv) January 29, 2020
މިތަކެތި ހޯދާފައިވަނީ މާލެއިން ފުރައިގެން ހިންނަވަރަށް ދަތުރުކުރަމުންދާ ބޯޓަކުން ބަނގުރާ ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ފަތިހު 05:13 ކަންހާއިރު ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން ބުންޏެވެ. އެ ފުޅިތައް ހުރީ އެ ބޯޓުގައި ހުރި ފޮއްޓެއްގެ ތެރޭގައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.