Last Updated: June 8, 11:47
Monday, June 8, 2026
ޚަބަރު

ހަމަނުޖެހުން ބޮޑުވެ ގއ. އެމްޑީޕީ ޕްރައިމަރީ ހުއްޓާލައިފި

ގއ. އެމްޑީޕީ މެމްބަރުން ވޯޓުލުމަށް މާލޭ ކަލާފާނު ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮށީގައި މައްސަލަ ޖެހި ހަމަނުޖެހުމަކަށް ގޮސް އެންމެ ފަހުން ވޯޓުލުން ހުއްޓާލައިފިއެވެ.

އެނގިފައިވާ ގޮތުގައި ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން އުފެދުނީ އެތަނަށް ވޯޓުލުމަށް ދިޔަ މީހަކު ވޯޓު ކަރުދާސް ވީދާލުމާއި ގުޅިގެންނެވެ. ކަލާފާނުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކީ ގއ. އަތޮޅުގެ ނުވަ ރަށެއްގެ ރައްޔިތުން ވޯޓުލުމަށް ބަހައްޓާފައިވާ ފޮއްޓެކެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހަމަނުޖެހުން ހިނގުމާއި ގުޅިގެން އެމްޑީޕީން ވަނީ އެދާއިރާގެ ވޯޓު އަލުން ލުމަށް ނިންމާފައެެވެ. ނަމަވެސް ވޯޓު ލުން ބާއްވާނެ ތާރީހެއް އަދި އެމްޑީޕީން ހާމަކޮށްފައި ނުވެއެވެ.

ގއ. އަތޮޅުގެ މީހުން ވޯޓުލުމަށް މާލޭގައި ބެހެއްޓި ވޯޓު ފޮށީގައި މައްސަލަ ޖެހުމާއި ގުޅިގެން ވޯޓު ކެންސަލް ކުރުމުން ގއ. މާމެންދޫގައި ވޯޓު ލުމަށް ގެންދިޔަ ވޯޓު ކަރުދާސް ވަނީ އަންދާލާފައެެވެ.

ތަފްސީލް އަންނަނީ….