Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

ގޭގޭގެ ކުލި ކޮންޓްރޯލް ކުރަން ޖަރުމަނުގައި ގާނޫނެއް ފާސްކޮށްފި

ޖަރުމަންވިލާތުގެ ބާލިންގައި ގޭގޭގެ ކުލި ބޮޑުވަމުންދާތީ ކުލި ކޮންޓްރޯލް ކުރުމަށް ގާނޫނެއް އެކުލަވައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ފާސްކޮށްފިއެވެ.

އެ ގާނޫނު އެކުލަވާލާފައި ވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކުލި ބޮޑުކުރުމުގައި ވަކި މިންވަރެއް އުސޫލެއް، ހައްދެއް ކަނޑައެޅިފައި އޮންނަފަދަ ގޮތަކަށެވެ.

ބާރލިންގައި ފާއިތުވި އަހަރުތަކުގައި ގޭގޭގެ ކުލި ވަނީ ވަރަށް ބޮޑުތަން އިތުރުވެގެންގޮސްފައެވެ. އެކަމުގެ ސަބަބުން ކުއްޔަށް ހިފާ މީހުންނަށް ބޮޑު ވޭންކާ ވަނީ ކުރިމަތިލާންޖެހިފައެވެ.

ކުލި ކޮންޓްރޯލު ކުރުމުގެ ބިލް ޕާލަމެންޓުން ފާސްކުރީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގައެވެ. އެ ގާނޫނުގައި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކުލި ބޮޑުކުރެވޭނެ އުސޫލުތައް ކަނޑައަޅާފައިވެއެވެ. ބާލިންއަކީ ކުލި ކޮންޓްރޯލްކުރުމަށް ގާނޫނެއް ހެދި ފުރަތަމަ ސްޓޭޓެވެ.

ފާއިތުވި ދިހަރުގެ ތެރޭގައި ގޭގޭގެ ކުލި ބާލިންގައި ވަނީ ދެގުނައަށް އުފުލިގެން ގޮސްފައެވެ. އަލަށް ހެދި ގާނޫނުގެ ސަބަބުން ކުލި ކޮންޓްރޯލް ކުރުމަށް މަގުފަހިވެގެން ދާނޭކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

ކުލި ކޮންޓްރޯލްކުރުމުގެ ގާނޫނާ ދެކޮޅު މީހުން ހާމަކުރިގޮތުގައި އެ ގާނޫނު ބާޠިލު ކުރުވުމަށް އެމީހުން ކަމާގުޅޭ ކޯޓަށް މައްސަލަ ހުށަހަޅާނެއެވެ.