Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

މަރަދޫގައި އެކްސިޑެންޓެއް ހިނގައިފި

މަރަދޫ ބޮޑު މަގާއި ލިންކު ރޯޑު ގުޅޭ ހިސާބުގައި މިރޭ އެކްސިޑެބްޓްވި ސައިކަލް. ފޮޓޯ: ކިއުންތެރިއެއް

މަރަދޫ ބޮޑު މަގާއި ލިންކު ރޯޑު ގުޅޭ ސަރަހައްދުން ސައިކަލަކާއި ބައިސިކަލެއް ޖެހި އެކްސިޑެންޓްވެއްޖެއެވެ.

މިރޭ 7:30 ހާއިރު ހިނގި މިހާދިސާގައި އެކްސިޑެންޓްވެފައިވަނީ ހިތަދޫ ޒުވާނަކު ދުއްވި ސައިކަލެއް މަރަދޫ ބޮޑު މަގަށް ދިޔަ ބައިސިކަލަކާއި ޖެހިގެންނެވެ. މި ހާދިސާގައި މީހަކަށް ބޮޑު ގެއްލުމެއް ލިބިފައި ނުވެއެވެ. ނަމަވެސް ސައިކަލާއި ބައިސިކަލަށް ގެއްލުން ވެފައިވާ ކަމަށް މަންޒަރު ދުށްމީހަކު މައުލޫމާތު ދިނެވެ.

މަރަދޫން ވާހަކަ ދެއްކި މީހާ ބުނީ ސައިކަލް ދުއްވާފައި އައީ ނުބައި ފަޅިންކަމަށެވެ.

މިހާދިސާ އާއި ގުޅިގެން ސައިކަލް ދުއްވި މީހާ ވަނީ ހަލާކު ބައިސިކަލްގެ ބަދަލުގައި އާ ބައިސިކަލެއް ދިނުމަށް އެއްބަސްވެފައެވެ.

ލަންކާ ސަރުކާރުން ހެދި މަރަދޫ ބޮޑު މަގާއި ލިންކް ރޯޑު ގުޅޭ ސަރަހައްދު ޑިޒައިން ކޮށްފައިވާ ގޮތުން އެސަރަހައްދަކީ ގިނަ އެކްސިޑެންޓް ހިގުމަށް މަގުފައިވެފައިވާ ގޮތަށް ހެދިފައިވާ ތަނެކެވެ. މި ސަރަހައްދުގައި މީގެ ދެ ދުވަސް ކުރިން ވެސް ވަނީ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓް ހިނގާފައެވެ.

ރޯދަމަހާއި އެކު އައްޑޫގައި ހިނގާ އެކްސިޑެންޓްގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.