Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އުފެންދުތެރި ވިޔަފާރިތަކަށް 20 މިލިއަން ރުފިޔާގެ ފަންޑެއް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް. --ފޮޓޯ:ރައީސް އޮފީސް

އުފެއްދުންތެރި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ފަންޑެއް ސަރުކާރުން ތައާރަފުކޮށްފިއެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ހަފްލާއެއްގައި އެ ފަންޑު ތައާރަފުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއެވެ. މި ފަންޑަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން ތައާރަފުކުރި ފަންޑެކެވެ. މި ފަންޑުގެ ޖުމްލަ އަގަކީ 20 މިލިއަން ޑޮލަރެވެ.

މި ފަންޑަކީ ސަރުކާރުގެ 'ސްޓްރެޓީޖިކް' މަސައްކަތްތަކާ ގުޅޭގޮތުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ގާއިމުކުރަމުންދާ އެކި އެކި އިންވެސްޓްމަންޓް ފަންޑުތަކުގެ ތެރެއިން އެއް ފަންޑެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ މި ފަންޑުން ޓެކްނޮލިޖީގެ އެކި ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އެގޮތުން އެ ރޮނގުތަކުން އަލަށް ފަށާ ވިޔަފާރިތަކަށް މާލީ އެހީ ދިނުމަކީ އެ ފަންޑުގެ އަމާޒު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިދާއިރާތަކުގެ އިތުރުން އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލިޖީ، ސިއްހަތު، ދަނޑުވެރިކަން، އަދި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ވިޔަފާރިތައް ހިމެނެ އެވެ. މި ފަންޑުން އަލަށް ފަށައިގަންނަ ވިޔަފާރިތަކުގެ އިތުރުން މިހާރު ވިޔަފާރި ކުރަމުން އަންނަ ފަރާތްތައް އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށް އެހީތެރިވެދޭން ވަނީ ނިންމައިފައެވެ.

މިކަން ކުރުމަށްޓަކައި އެމްއެފްއެމްސީން ކުރާ ވިޔަފާރިތަކަށް ލޯނު ދިނުމުގެ ބަދަލުގައި އިންވެސްޓް ކުރާނީ އިކުއިޓީގެ ގޮތުގައެވެ. އެއާއެކު އެމްއެފްއެމްސީން ހަރަކާތްތެރިވަމުން ދާނީ އިންވެސްޓުކުރާ ކުންފުނިތަކުގެ ޕާޓްނަރެއްގެ ގޮތުގައެވެ.