Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ގެއެއްގެ ބެލްކަނި ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ

މާލޭ ގެއެއްގެ ބެލަކަނީ ވެއްޓި ދެ މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވީ ދެ ބިދޭސީންނަށް ކަމަށެވެ. އެ ހާދިސާ ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 11:11 އެހާކަށްހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ. މި ހާދިސާ ހިނގާފައި ވަނީ ހެންވޭރު ވައިޖެހޭ މަގުގައި ހުރި އިމާރާތެއްގެ ދެވަނަ ފަންގިފިލާގެ ބެލްކަނީ ވެއްޓިގެންނެވެ.

މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް އޭޑީކޭގައި އަންނަނީ ފަރުވާ ދެމުންނެވެ. ދެމީހުންނަށް ލިބިފައިވާ އަނިޔާތައް އެހާ ސީރިއަސްއެއް ނޫން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.