Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ބީއެމްއެލްގެ ކަސްޓަމާ ސާވިސް ޑިރެކްޓަރަކަށް ގުލްނާޒު

ގުލްނާޒް --

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓާ އޮފް ކަސްޓަމާ ސާވިސްގެ މަގާމަށް ގުލްނާޒް މާހިރު ހަމަޖައްސައިފިއެވެ.

އުރީދޫ މޯލްޑިވްސްގައި މީގެކުރިން މަސައްކަތް ކޮށްފައިވާ ގުލްނާޒު އެ ކުންފުނީގައި ވަނީ ކަސްޓަމާ ސާވިސްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ބީއެމްއެލް އިން ބުނީ އެބޭންކާ ގުލްނާޒް ގުޅި ވަަޑައިގެންނެވިއިރު، އޭނާ ވަނީ އެ ދާއިރާގައި 13 އަހަރު ދުވަހު މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައި ކަމަށެވެ. އޭގެ އިތުރުން ޑިޖިޓަލް ޓްރާންސްފޮމޭޝަން އާއި ރެވެނިއުގެ ދާއިރާގައި ވެސް ގުލްނާޒް މަސައްކަތް ކުރައްވާފައިވާ ކަމަށް ބޭންކުން ބުނެފައިވެއެވެ.

ބީއެމްއެލްއިން ބުނީ، ގުލްނާޒް އަކީ އިކޮނޮމިކްސް އެންޑް ފައިނޭންސް ގެ ދާއިރާއިން ޔުނިވާސިޓީ އޮފް ބްރިސްޓަލް އިން މާސްޓާސް ޑިގުރީ ހާސިލް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވެފައިވަނީ، ގުލްނާޒް އެ ބޭންކާ ގުޅިވަޑައިގަތުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށެވެ. އަދި އެ ބޭންކުގެ ސްޓްރެޓަޖިކް އަމާޒަކާއެކު ކަސްޓަމަރުންގެ އެކްސްޕީރިއެންސް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.