ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިން އެ ސިޓީއިން ނެރުމަށް އިންޑީޔާއިން އެހީތެރިކަން ފޯރުކޮށްދީފައިވާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޝުކުރު ދަންނަވައިފިއެވެ.
ރައީސް ސޯލިހް ކުރެއްވި ޓުވީޓުގައިވަނީ، އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް، އިންޑިޔާގެ ބޮޑުވަޒީރުގެ އިތުރުން، އިންޑިއާގެ ހާރިޖީވަޒީރު ޑރ. ޖައިޝަންކަރްއަށް ޝުކުރު ދަންނަވާފައެވެ. ރައީސް ވިދާޅުވީ މިއީ ރާއްޖޭއާއި އިންޑިޔާގެ ދެމެދުގެ އޮންނަ ގާތް ގުޅުން ދައްކުވައިދިން ރީތި މިސާލެއް ކަމަށެވެ.
My thanks and gratitude to PM @narendramodi, EM @DrSJaishankar and the Government of India for expeditiously evacuating the 7 Maldivians residing in Wuhan, China. This gesture is a fine example of the outstanding friendship and camaraderie between our two countries. https://t.co/2kdWLmYqft
— Ibrahim Mohamed Solih (@ibusolih) February 2, 2020
މީގެ އިތުރުން ރައީސް ސޯލިހް ވަނީ ޗައިނާގެ ވޫހާން ސިޓީއިން ދިވެހިން ބޭރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާގެ ސަރުކާރަށާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒަންގް ލިއޮންއަށް ޝުކުރު ދަންނަވާފައެވެ.
Following the evacuation of Maldivians living in Wuhan, China, I’d like to take this opportunity to thank @AmbassadorZhang, and the Chinese government for their assistance and support to Maldivians living in China following the outbreak of the novelCorona virus.
— Ibrahim Mohamed Solih (@ibusolih) February 2, 2020
ސަރުކާރުން މީގެކުރިން ބުނެފައިވަނީ ޗައިނާގައި 69 ދިވެހިން އެކި ސިޓީތަކުގައި ދިރިއުޅެމުން އަންނަ ކަމަށެވެ. އެގޮތުން ޗައިނާގެ ވޫހާން ސިޓީގައި 9 ދިވެއްސަކު އުޅެމުން އަންނަ ކަމަށާއި އޭގެތެރެއިން ރާއްޖެ އައުމަށް ބޭނުން ވަނީ 7 ދިވެހިން ކަމަށެވެ. އަދި އެ ހަތް ދިވެގިން ރާއްޖެ ގެނެވެން އޮތީ ބޭރު ގައުމެއްގައި ހަދަންޖެހޭ ޓެސްޓުތައްވެސް ހެދުމަށް ފަހު ކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފައެވެ.
މިކަމާ ގުޅިގެން އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާ ރައްޔިތުން ބަލައި ވޫހާނަށް ދިޔަ ފްލައިޓުގައި ދިވެހިން އެ ގައުމަށް ގެންދިއުމަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ހަރުދަނާ ގުޅުމުގެ މިސާލެއް ކަމަށެވެ.
މި މީހުން ރާއްޖެ ގެނައުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ދިއްލީގައި 14 ދުވަހު ބޭތިއްބުމަށް ފަހުއެވެ. މި 7 ދިވެހިން ދިއްލީއަށް ގެންދިޔައީ، ވޫހާނުގައި ތިބި އިންޑިއާގެ 323 މީހުން ބަލާ، ވޫހާނަށް ދިޔަ އެއާ އިންޑިއާގެ ފްލައިޓެއްގައެވެ.