Last Updated: July 1, 00:12
Tuesday, June 30, 2026
ސިޔާސީ

އިލްހާމް، ވިސާމް އަދި އާމާލް ކެމްޕޭން ކުރައްވަނީ!

އިލްހާމް ހުސެއިން އަތޮޅު މަދަރަސާގައި ބޭއްވި ތަރާވީހުގައި އާއްމު ރައްޔިތަކާއި ބައްދަލު ކުރައްވަނީ: ފޮޓޯ: ޝިހާމް ވަހީދު

ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަނބިކަބަލުން އިލްހާމް ހުސެއިން އާއި ރަނިންމެޓް ތަސްމީނު އަލީގެ އަނބިކަބަލުން ވިސާމް އަލީ އާއި ޖެންޑާ މިނިސްޓާރ ޑރ. އާމާލް އަލީ ހުޅުމީދޫގައި "ގައުމާއިގެން ކުރިއަށް" ކެމްޕެއިން ކުރައްވަމުން އެބަ ގެންދަވަ އެވެ.

ކެމްޕެއިން އިސް އޮފިޝަލަކު މިރޭ ވިދާޅުވީ އިލްހާމް އާއި ވިސާމް އަދި އާމާލް ވަޑައިގެން ހުޅުމީދޫގެ ގިނަ ރައްޔިތުންނާއި ބައްދަލުކޮށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި "ގައުމާއިގެން ކުރިއަށް" ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކަށް މިރޭ ހާއްސަ ތަރާވީހެއް އަރުވާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އަތޮޅު މަދަރަސާގައި ބޭއްވި ތަރާވީހަށް ވަރަށް ގިނަ ބަޔަކު ވަޑައިގެން އެ ބޭފުޅުންނާ ބައްދަލު ކުރެއްވި ކަމަށެވެ.

އަދި ހުޅުމީދޫގެ ވަރަށް ގިނަ ގޭގެއަށް ދޮރުން ދޮރަށް ހިނގައި ރައްޔިތުންނާއި ބައްދަލު ކުރުމުން ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

"އަންހެނުންނާ ގުޅޭ ސިޔާސަތު" އާއި އިތުރު ސިޔާސަތުތައް ލޯންޗު ކުރުމަށް މާދަމާ ރައީސް ވަހީދު އާއި ރަނިންމޭޓް ތަސްމީނު އައްޑު އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޖަލްސާ އޮންނާނީ ހިތަދޫ ޝަރަފުއްދީން ސްކޫލްގަ އެވެ.