Last Updated: May 18, 10:12
Saturday, May 18, 2024
ޚަބަރު ރިޔާސީ ބަޔާން

އައްޑޫގައި އަންނަ މަހު ޑީކޯ ޗެމްބަރެއް ގާއިމް ކުރެވޭނެ: ރައީސް

ފީނަން އުޅުމުގެ ތެރޭގައި ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވާ ފަރާތްތަކަށް ފަރުވާދެވޭނެ އިންތިޒާމު އަންނަ މަހު އައްޑޫގައި ގާއިމް ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ މިއަހަރު އެން ހޯދުމަށް ފީނާ މީހުންގެ ތެރެއިން ޑީކޯވާ މީހުން ހޭލުން ތެރި ކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އައްޑޫގައި ޑީކޯ ޗެމްބަރެއް އަންނަ މަހު ހުޅުވިގެންދާނެ ކަމަށެވެ.

މީގެ ކުރިން ޝަންގްރިއްލާ ރިސޯޓުގައި ބަހައްޓާފައިވާ ޑީކޯ ޗެމްބަރުގެ ހިދްމަތް ހުއްޓާލުމާއި ގުޅިގެން އެކަމުގެ ޝަކުވާ ދެކުނުގެ މަސްވެރިން ވަނީ ރައިސް ސޯލިހަށް ހުށަހަޅާފައެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އައްޑޫގެ މަސްވެރިން ވަނީ އެމަނިކުފާނާއި ބައްދަލުކޮށް އެ ޝަކުވާ ހުށަހަޅާފައެވެ. އެމަނިކުފާންގެ ވަނީ އެދުވަހު އައްޑޫގައި ޑީކޯ ޗެމްބަރެެއް ގާއިމް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

މިއީ ދެކުނުގެ މަސްވެރިން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ.