Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު ރިޔާސީ ބަޔާން

ސަރުކާރު ހިއްސާވާ އެގްރިކަލްޗާ ކުންފުންޏެއް އުފައްދަނީ

ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރު ހިއްސާވާ ދަނޑުވެރިކަމާ ބެހޭ ކުންފުންޏެއް އުފެއްދުމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ދަނޑުވެރިކަން ކުރިއެރުވުމަށް އުފައްދާ ކުންފުނި މިއަހަރު ތެރޭ އުފައްދަވާނެ ކަމަށެވެ.

އަދި އެ ކުންފުނިން ދަނޑުވެރިން އުފައްދާ ކާބޯތަކެތީގެ ބާވަތްތައް ފަސޭހަކަމާއެކު ވިއްކައި މާކެޓު ކުރުމަށް އެހީތެރިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.