Last Updated: June 9, 20:11
Tuesday, June 9, 2026
ވިޔަފާރި

އައްޑޫ ކޯލްޑް ސްޓޯރޭޖް ބީލަމަށް ލަނީ

މަސް ދޯންޏެއް މަހުން ލަފާފައި: . ފޮޓޯ/ ކިއުންތެރިއެއް

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް (ކޭއެފްއެމް) އިން އައްޑޫގައި ގާއިމު ކުރާ ކޯލްޑް ސްޓޯރޭޖް ކޮންޓްރެކްޓް އުސޫލުން ގާއިމުކޮށް ދޭނެ ބަޔަކު ހޯދަން ބައިނަލްއަގްވާމީ ބީލަމަށް ވަރަށް އަވަހަށް ހުޅުވާލަން ނިންމައިފި އެވެ.

ކޭއެފްއެމްގެ މެނެޖިން ޑިރެކްޓަރު މުހައްމަދު މުއްތޮލިބް ވިދާޅުވީ އައްޑޫގައި ގާއިމު ކުރާ 1،000 ޓަނުގެ ކޮލްޑް ސްޓޯރޭޖް ހަދައިދޭން ޝައިގުވެރިވާ ފަރާތްތަަކަށް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށެވެ.

އައްޑޫގައި އެ ކުންފުނިން ގާއިމްކުރުމަށް ނިންމާފައި ވަނީ 100 ޓަނުގެ އައިސް ޕްލާންޓަކާއި 1،000 ޓަނުގެ މަސް ފިނިކޮށް ރައްކާ ކުރެވޭނެ ނިޒާމެއް ކަމަށެވެ.

ކޭއެފްއެމުން ބުނީ އައްޑޫގައި ކޯލްޑް ސްޓޯރޭޖް ހަދާ އިރު ދުވާލަކު 100 ޓަނުގެ މަސްގަނެ ޕްރޮސެސްކޮށް ރައްކާ ކުރެވޭނެ ނިޒާމަކާއި މަސްވެރިންނަށް ފަސޭހަކޮށް ތެޔޮ ފޯރުކޮށް ދިނުމުގެ ގޮތުން 250 މެޓްރިކް ތަނުގެ ތެޔޮ ރައްކާ ކުރެވޭނެ ނިޒާމެއް ވެސް ގާއިމް ކުރާނެ ކަމަށެވެ.

މުޠައްލިބް ވިދާޅުވީ އައްޑޫގައި އެކުންފުނިން ކުރިއަށް ގެންދަނީ ބޮޑު މަޝްރޫއެއް ކަމަށެވެ. އެގޮތުން މަޝްރޫއު ނިމޭ އިރު އައްޑޫން 300 އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ޕްރޮޖެކްޓް ކުރިއަށް ގެންދާ ބިމުގެ އެއްބަސްވުމުގައި ކޭއެފްއެމާއި ފިޝަރީޒް މިނިސްޓްރީ އާ ދެމެދު ސޮއި ކުރީ ޖޫން 9 ގަ އެވެ.

މި މަޝްރޫއުގެ މަސައްކަތް އަންނަ އަހަރު މާޗް ނުވަތަ އެޕްރީލަށް ނިންމަން ވަނީ ހަމަޖެހިފަ އެވެ.