Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ބާ 2000 ކޮފީގެ ހާއްސަ ޕްރޮމޯޝަނަލް އިވެންޓެއް ސުވަދީވްގައި!

ސޮލޮވީނިއާގެ މަޝްހޫރު ކޮފީ ބްރޭންޑެއްކަމަށްވާ ބާ2000ގެ ހާއްސަ ޕްރޮމޯޝަނެއް ސުވަދީވް ކެފޭގައި ބާއްވަން ނިންމައިފިއެވެ.

ބާ 2000 ކޮފީ ރާއްޖެ އެތެރެކޮށް މާކެޓު ކުރާ އެޗްއެސްސީ މޯލްޑިވްސްއިން ބުނީ މި އިވެންޓު ބޭއްވުމަށް ނިންމާފައިވަނީ ފެބްރުއަރީ 7 ވަނަ ދުވަހުގެ ހަވީރާއި ރޭގަނޑު ސުވާދީވް ކެފޭގައިކަމަށެވެ.

އެގޮތުން ފެބްރުއަރީ 7 ވަނަ ދުވަހުގެ ހަވީރު 4 އިން އިރުއޮއްސި 6 ޖަހަންދެން އަދި ރޭގަނޑު 8 އިން 11 ޖަހަންދެން ހިލޭ މި ކޮފީ ޓެސްޓު ކުރެވޭނެއެވެ.

އެޗްއެސްސީން ބުނީ މިދޔަ ނޮވެމްބަރު މަހުން ފެށިގެން ސުވާދީވުން މި ކޮފީ ވިއްކަމުން އަންނަ ކަމަށާއި މި ޕްރޮމޯޝަނަކީ މިކޮފީގެ ރަހަ ގިނަ ބަޔަކަށް ތަޖްރިބާކޮށްލުމުގެ ގޮތުން ފަހިކޮށްދޭ ފުރުސަތެއް ކަމަށެވެ.

މިދިޔަ އޮގަސްޓު މަހު ތެރޭ ރާއްޖެއަށް ތައާރަފް ކުރި ބާ2000 ކޮފީ ސުވާދީވްގެ އިތުރުން މާލެ އާއި ހުޅުމާލޭގެ ބައެއް ކެފޭތަކުން ލިބޭއިރު ވަރަށް އަވަހަށް ރިސޯޓުތަކަށް މިކޮފީ ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްއެސްސީން ބުންޏެވެ.

އެގޮތުން މާލޭގެ ބީ-ހަޓު، ކޮމްފޫޑް އަދި އޮއިވަރު ގެލެރީގެ އިތުރުން ރިއޯ ގްރޭންޑު ހުޅުމާލެއިން މި ކޮފީ ލިބެން ހުންނާނެއެވެ.

އެޗްއެސްސީން ބުނީ މި ކޮފީގެ 5 ބްލޭންޑެއް ރާއްޖެ ތައާރަފްކޮށްފައިވާކަމަށެވެ. އަދި މި ހުރިހާ ބްލޭންޑުތަކަކީވެސް ރާއްޖޭގެ ކޮފީ ކޮމިއުނިޓީއާއި ވަރަށް ގުޅޭނެ ބްލޭންޑުތަކެއް ކަމަށެވެ.