Last Updated: July 26, 13:22
Sunday, July 26, 2026
ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ޖިނާއީ ބޮޑު ކުށަކަށް

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު - ފޮޓޯ: މަޖިލިސް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހިމެނުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

އިސްލާހު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުއެވެ.

މިހާރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޖިނާއީ ބޮޑު ކުށްތަކުގެ ގޮތުގައި 11 ކުށެއް ހިމަނާފައި ވާއިރު އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށެއް ނުހިމެނެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ޖިނާއީ ބޮޑު ކުށަކަށް ހަދާއިރު މި ދުވަސްވަރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން އިތުރުވެފައިވާ ދުވަސްވަރެކެވެ.