އުތުރުގެ ރަށެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައިވަނީ އިއްޔެ އިރުއޮއްސި 7:30 ގައެވެ. އަޕާ ނޯތް ޕޮލިސް ޑިވިޝަން (ހއ. ހދ. ށ. އަތޮޅު) ގެ ރަށަކުން ހާއްސައެހީއަށް ބޭނުންވާ 30 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އެ މުއައްސަސާއަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.