Last Updated: July 26, 12:01
Sunday, July 26, 2026
ޚަބަރު

މަންމައަކު ފިރިހެން ދަރިފުޅަށް ޖިންސީ ގޯނާކޮށްފި

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ފިރިހެން ކުއްޖަކަށް އެކުއްޖާގެ މަންމަ ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ 18 އަހަރު ނުވާ ކުޑަ ފިރިހެން ކުއްޖަކަށް އޭނާގެ މަންމަ ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށް ޖެންޑާއިން މައުލޫމާތުދެއެވެ.

އެ އަންހެން މީހާގެ އިތުރު ދެ ކުދިންވެސް ތިބެއެވެ. ޖެންޑާއިން ބުނީ އެ ދެ ކުދިންވެސް ރައްކާތެރި މާހައުލަކަށް ގެންގޮސްފައިވާ ކަމަށެވެ. މިއީ ފިރިހެން ދަރިފުޅަށް މަންމައެއްގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވެގެން މިފަހުން މައްސަލައެއް ހުށައެޅި ފުރަތަމަ ފަހަރެވެ.