Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މެންބަރު ނިހާދު އޭސީސީއަށް ހާޒިރުކުރަނީ

ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު - ފޮޓޯ: މަޖިލިސް

ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވާން އަންގައިފިއެެވެ.

މެންބަރު ނިހާދު އޭސީސީއަށް ހާޒިރުވާން އަންގާފައި ވަނީ ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ނިހާދު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ. ނަމަވެސް އެއީ ސީދާ ކޮން ޖަލްސާއެއްގައި ކޮން އިރަކު ދެއްކެވި ވާހަކަފުޅެއް ކަމެއް ނޭނގެއެވެ. މި މައްސަލަ ނިހާދު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ވެސް ހުށަހަޅާފައެވެ. އެ ކޮމެޓީގެ ބައްދަލުވުން މިހާރު ދަނީ ކުރިޔަށެވެ.

މި މައްސަލައާ ގުޅިގެން "އައްޑޫލައިވް"އިން އޭސީސީގެ މީޑީއާ އޮފިޝަލަށް ވެސް އަދި ނިހާދަށްވެސް ތަކުރާރުކޮށް ގުޅީމެވެ. ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވާތާ މެސެޖަށްވެސް ޖަވާބެއް ނުދެއްވައެވެ. އެހެންކަމުން މިކަމުގެ ހަގީގަތެއް ނޭނގެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލިސް ޖަލްސާއެއްގައި އަދި ކޮމެޓީއެއްގައިވެސް ދައްކަވާ އެއްވެސް ވާހަކައަކާއި ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅޭނެއެވެ. އަދި އެއްވެސް ކަހަލަ ތަހުގީގެއް ވެސް ނުހިންގޭނެއެވެ.