ޖެންޑާ މިނިސްޓަރު ކަމުން ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވަން ނިންމައިފިއެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ޝިދާތާ އިސްތިއުފާ ދެއްވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ތުހުމަތުތައް ޖެންޑާ މިނިސްޓްރީ އަށް އެނގޭއިރު ވެސް އެކަމުގައި އިހުމާލުވިކަން ފަޅާއަރައި، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. އުމުރުން 19 އަހަރުގެ ޒުވާނެއްގެ ބެލެނިވެރިކަން ފެމިލީ ކޯޓުން ނުދިނުމުން ވެސް އެ ޒުވާނާ ހިޝާންގެ ބެލުމުގެ ދަށުގައި ގެންގުޅުނު އިރު އެކަމުގައި އިހުމާލު ވެފައިވާކަން އެނގުނީ ހިޝާންގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.
މި މައްސަލައިގައި، ޝިދާތާ މަގާމުން އިސްތިއުފާ ދެއްވުމަށް ނުވަތަ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ވަނީ ގޮވާލައްވައިފަ އެވެ. އަދި އެގޮތަށް އަމަލު ނުކުރައްވައިފި ނަމަ، ޝިދާތާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
ހިޝާންގެ މައްސަލައިގެ އިތުރުން އުމުރުން ދެ އަހަރު ވެސް ނުވާ އަންހެން ކުއްޖަކަށް، އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ ފަރާތުން ލިބުނު ޖިންސީ ގޯނާއާ ގުޅިގެން ވެސް ޝިދާތާ އިހުމާލު ވެފައިވާ ކަމަށް ބުނެ "ހޫނުފެނަށް" ވެއްޓިފައި ވެ އެ
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ޝިދާތާ އިސްތިއުފާ ދެއްވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ތުހުމަތުތައް ޖެންޑާ މިނިސްޓްރީ އަށް އެނގޭއިރު ވެސް އެކަމުގައި އިހުމާލުވިކަން ފަޅާއަރައި، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. އުމުރުން 19 އަހަރުގެ ޒުވާނެއްގެ ބެލެނިވެރިކަން ފެމިލީ ކޯޓުން ނުދިނުމުން ވެސް އެ ޒުވާނާ ހިޝާންގެ ބެލުމުގެ ދަށުގައި ގެންގުޅުނު އިރު އެކަމުގައި އިހުމާލު ވެފައިވާކަން އެނގުނީ ހިޝާންގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.
މި މައްސަލައިގައި، ޝިދާތާ މަގާމުން އިސްތިއުފާ ދެއްވުމަށް ނުވަތަ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ވަނީ ގޮވާލައްވައިފަ އެވެ. އަދި އެގޮތަށް އަމަލު ނުކުރައްވައިފި ނަމަ، ޝިދާތާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
ހިޝާންގެ މައްސަލައިގެ އިތުރުން އުމުރުން ދެ އަހަރު ވެސް ނުވާ އަންހެން ކުއްޖަކަށް، އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ ފަރާތުން ލިބުނު ޖިންސީ ގޯނާއާ ގުޅިގެން ވެސް ޝިދާތާ އިހުމާލު ވެފައިވާ ކަމަށް ބުނެ "ހޫނުފެނަށް" ވެއްޓިފައެވެ.