Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ޖެންޑާ މިނިސްޓަރު ކަމަށް އައިޝަތު މުހައްމަދު ދީދީ

ޖެންޑާ މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފު މިއަދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަގާމަށް އައިޝަތު މުހައްމަދު ދީދީ އައްޔަން ކުރައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖެންޑާ މިނިސްޓަރ ކަމުގައި ހުންނެވި ޝިދާތާ ޝަރީފުގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށާއި، އެމަގާމަށް އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ޝިދާތާ އިސްތިއުފާ ދެއްވާފައިވަނީ އެކަމަނާ ވަކި ކުރުމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ނިންމާފައިވަނިކޮށެވެ.

ސ. ހިތަދޫއަށް އުފަން އައިޝަތު މުހައްމަދު ދީދީ އަކީ ރައިސް މައުމޫންގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ރައީސް މައުމޫންގެ ވެރިކަމުގެ ފަހުކޮޅު މިނިސްޓަރު ކަން ކުރެއްވި އައިޝާ ފަހުން ވަނީ ޔުނިސެފްގައި މަސައްކަތް ކުރައްވާފައެވެ. އަދި ފަހުން ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރގެ މަގާމު ވަނީ އަދާކުރައްވާފައެވެ.

ޖެންޑާ މިނިސްޓަރ ކަމަށް އައިޝަތު މުހައްމަދު ދީދީ އައްޔަން ކުރެއްވި އިރު އެމިނިސްޓްރީއަށް ވަނީ ބޮޑެތި ފާޑު ކިއުންތައް އަމާޒުވެފައެވެ. ވަކިން ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވާކަމަށް މަޝްހޫރުވި ހިޝާން އާއި ގުޅޭ ޖިންސީ މައްސަލަތަކެއްގެ ރިޕޯޓު ލިބިފައިވަނިކޮށް އޭނާއަށް ނުކުޅެދުންތެރިކަމުގެ އެމްބެސަޑަރުކަން ދިން މައްސަލާގައި ޝިދާތާގެ އިސްތިއުފާއަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގައިވަނީ ގޮވާލާފައެވެ. އަދި އޭނާ ވަކިކުރުމަށް އިއްޔެ އެޕާޓީގެ ޕީޖީ ގްރޫޕުން ވަނީ ނިންމާފައެވެ.

ތަފްސީލް އަންނަނީ…..