Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

މާލެ އަތޮޅު ކައުންސިލް ރައީސްގެ ޕީޕީއެމް ޓިކެޓު ނިމާލަށް

ކައުންސިލް އިންތިހާބު ޕީޕީއެމް ޕްރައިމަރީގައި ކ. އަތޮޅު ކައުންސިލް ރައީސްގެ ޓިކެޓް ކާމިޔާބުކުރެއްވީ ފެނަކާ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ޕީއެންސީގެ ނައިބުރައީސް މުހައްމަދު ނިމާލެވެ.

ނިމާލް ޕީޕީއެގް ޓިކެޓު ކާމިޔާބު ކުރެއްވީ އެ އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި އިބްރާހީމް ރައޫފު ބަލިކުރެއްވުމަށް ފަހުއެވެ.

ޕީޕީއެމް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ނިމާލަށް ލިބިފައިވަނީ ޖުމްލަ 950 ވޯޓެވެ. އަދި ރައޫފަށް ލިބިފައިވަނީ ޖުމްލަ 140 ވޯޓެވެ. ކ އަތޮޅުގެ ބޮޑު ބައެއްގެ އަޢުލަބިއްޔަތު ލިބިފައެވެ.

ނިމާލަކީ މީގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކޮށްފައިވާ ބޭފުޅެކެވެ. އޭނާ އެ މަގާމުން ދުރުކޮށްފައިވަނީ، 2016 ވަނަ އަހަރުއެވެ. އަދި ނިމާލުގެ ބަދަލުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމަށް އެޑިއުކޭޝަން މިނިސްޓަރުގެ އޭރުގެ ނައިބަކަށް ހުންނެވި މިހާރުގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އެ މަގާމަށް ހަމަޖައްސެވިއެވެ.

އިއްޔެއާއި ރޭ ކުރިއަށް ގެންދިޔަ ޕީޕީއެމްގެ ޕްރައިމަރީގައި ފުވައްމުލައް ސިޓީއާއި، ކުޅުދުއްފުށި ސިޓީގެ އިތުރުން އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލްތަކުގެ ޕްރައިމަރީ ބާއްވާފައިވެއެވެ.