Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

ވަހީދު އައްޑޫގައި "ދޮރުން ދޮރަށް" ހިންގަވަނީ!

ޑރ. ވަޙީދު ކެމްޕެއިން ގައި ހިތަދޫގެ ގެއަކަށް ވަޑައިގެން . ފޮޓޯ: ޝިހާމް ވަހީދު

"ގައުމާއިގެން ކުރިއަށް" ކެމްޕއިންގައި އިއްޔެ ހަވީރު އައްޑޫއަށް ވަޑައިގެންނެވި ރައީސް ޑރ. ވަނީދު ހަސަން މަނިކު އާއި ރަނިންމޭޓް ތަސްމީނު އަލީ ހިތަދޫގެ ގޭގެއަށް "ދޮރުން ދޮރަށް" ހިންގަވަމުން އެބަ ގެންދަވަ އެވެ.

އަންހެނުންގެ ސިޔާސަތު ހާމަކުރުމަށް ވަޑައިގެން އުޅުއްވާ ޑރ. ވަޙީދުގެ ޓީމުން ހިތަދޫގެ ބައެއް ގޭގެއަށް ވަޑައިގެން ގޭގެ ބޭފުޅުންނާއި ބައްދަލުކޮށް ހާލު އަހުވާލު ބައްލަވާފައިވެ އެވެ.

ވަހީދު ރޭ ވިދާޅުވީ ވަރުގަދަ ކެމްޕެއިންނެއް ފަށްޓަވާނެ ކަމަށެވެ. އަދި އެ މަނިކުފާނަށް ބޮޑު ތާއިދެއް އައްޑޫން އެބަ އޮތް ކަމަށެވެ.

ވަޙީދުގެ ކޯލީޝަނުގެ ބޭފުޅުންވަނީ ބުރާސްފަތި ދުވަހުން ފެށިގެން އައްޑޫގެ އެކި ރަށްތަކުގައި ދޮރުން ދޮރަށް ހިނގާފައެވެ. އެގޮތުން ބުރާސްފަތި ދުވަހު ހުޅުމީދޫގެ ގޭގެއަށް ވަޑައިގެންނެވީ ރައީސްގެ އަަނބިކަބަލުން އިލްހާމް އާއި ތަސްމީނުގެ އަނބިކަބަލުން ވިސާމް އަލީ ހިމެނޭ ޓީމެކެވެ. އަދި އިއްޔެ ވަނީ މަރަދޫގެ ބައެއް ގޭގެއަށް ޒިޔާރަތްކޮށްފަ އެވެ.

އައްޑޫގައި ވަޙީދުގެ ކޯލިޝަނުގެ ކެމްޕެއިން ފުރިހަމަ ގޮތަކަށް ކުރިއަށްދާތަން އަދި ނުފެނެއެވެ. ވަހީދުގެ ކެމްޕެއިން ޓީމުން ބުނީ މިރޭގެ ވަގުތެއްގައި ރައީސް ވަހީދު އައްޑޫން ފުރާވަޑައިގަންނަ ވާނެ ކަމަށެވެ.