Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

އިންޑިއާ އަށް ނިސްބަތްވާ ދެ މީހުންގެ މެދުގައި މާރާމާރީއެއް ހިނގައިފި

މާލޭގައި މީގެކުރިން ހިނގި ހިންގިމާރާމާރީގައި ބޭނުންކުރި ވަޅި، ފޮޓޯ: އަވަސް

އިންޑިއާއަށް ނިސްބަތްވާ ދެ މީހުންގެ މެދުގައި މިއަދު މާރާމާރީއެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި މާރާމާރީ ހިނގީ މިއަދު ހެނދުނު 11:26 އެހާކަށްހާއިރު މާފަންނުގައި ކަމަށެވެ. މި މާރާމާރީ ހިނގާފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުންގެ މެދުގައެވެ.

ފުލުހުން ބުނީ މާރާމާރީގައި ދެމީހުންނަށްވެސް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި ދެމީހުންވެސް ޒަހަމްވެފައިވާ ކަމަށެވެ. އަދި ބުނީ އެ ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.