Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ލަންކާގައި އިމާރާތެއްގެ މަތިން ދިވެހި ކުޑަކުއްޖަކު ވެއްޓި އަނިޔާވެއްޖެ

ލަންކަގެ މަގެއްގެ މަތި ---

ސްރީ ލަންކާގެ އިމާރާތެއްގެ މަތިން ދިވެހި ކުޑަކުއްޖަކު ވެއްޓި، ލިބުނު އަނިޔާތަކަށް އައިސީޔޫގައި ފަރުވާ ދެމުން އެބަދެއެވެ.

އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ފޮރިން މިނިސްޓްރީން ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ތިން އަހަރުގެ އެކުއްޖާގެ ވެއްޓިފައިވަނީ އިމާރާތެއްގެ ދެވަނަ ބުރިންނެވެ. އަދި އެކުއްޖާ ކަލުބޯވިލާ ހޮސްޕިޓަލަށް ގެންދިއުމަށްފަހު މިހާރު ފަރުވާ ދެމުންދަނީ ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް އެކުއްޖާގެ ވަނަވަރެއް އަދި އެކުއްޖާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި ނޭނގެއެވެ.