Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

6 އަހަރުގެ ކުއްޖަކަށް 27 އަހަރުގެ ފިރިހެނަކު ޖިންސީ ގޯނާކޮށްފި

އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ. 

ފުލުހުން ބުނީ އުތުރުގެ ރަށެއްގައި އުމުރުން 6 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ ހަމަ އެރަށުގެ މީހެއް ކަމަށާއި އޭނާގެ އުމުރަކީ 27 އަހަރު ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. 

ފުލުހުން ބުނީ ކުޑަކުދިންނާއި ގުޅޭ މިފަދަ މައްސަލަތަކުގައި އެކުއްޖާގެ ވަނަވަރާއި ކުއްޖާގެ ރަށުގެ މައުލޫމާތު ހާމަނުކުރާ ކަމަށެވެ. ނަމަވެސް އެފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކެއް ކަމަށް ފުލުހުން ބުންޏެވެ. 

ކުޑަކުދިންނާއި ގުޅޭ މިފަދަ މައްސަލަތައް އިތުރުވެފައި މިވަނީ ދާދިފަހުން ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ކުއްޖާގެ ކާފައާ މުނިކާފަ ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވެ އެމީހުން ހައްޔަރުކުރި ހިސާބުންނެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އެކަމުގައި ގާނޫނުގައި ބުނާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ.