ސިވިލް ސާވިސް މުވައްޒަފުން ލައްވާ ކުރުވާ މަސައްކަތަށް ވުރެ އެ މުވައްޒަފުންގެ މުސާރަ ކަޑަ ކަމަށް ވަޒީރުން ވިދާޅުވެއްޖެއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުރިހާ ވަޒީރުން ހާޒިރު ކުރުވާ މުވައްޒަފުންގެ ޝަކުވާތައް ހިއްސާ ކުރުމަށް ވަނީ ފުރުސަތު ދީފައެވެ. އެ ވަގުތުގައި ވާހަކަދައްކަވަމުން ވަޒީރުން ވިދާޅުވީ، ބައެއް މުވައްޒަފުންނަށް އަދާކުރަމުންދާ ވަޒީފާ އަށްވުރެ ކުޑަ މުސާރައެއް ދެމުންދާކަމަށާއި، ކުޑަ މުސާރައެއް ދޭ ކަމުގައި ވާނަމަ މުވައްޒަފުންގެ ކިބައިން ފެންނަން ޖެހޭ މަސައްކަތުގެ ފެންވަރުވެސް ދައްވާނެކަމަށް ވަޒީރުން ވިދާޅުވިއެވެ.
މިއަދުގެ ކޮމިޓީގައި ވާހަކަދައްކަވަމުން، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރަމުންދާ ސްޕީޑް އިންތިހާ އަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި މުވައްޒަފުން ގަޑި ޖެހުމާއި މަސައްކަތަށް ފަރުވާ ކުޑަ ކުރުމުގެ މައްސަލަތައް ހުރި ނަމަވެސް އެކަމަށް އެކަށީގެންވާ ފިޔަވަޅެއް ކޮމިޝަނުން އަޅާފައި ނުވާކަން މިނިސްޓަރުވަނީ ފާހަގަ ކުރައްވާފައެވެ. ނަހުލާ މިފަދައިން ވިދާޅުވެފައިވާއިރު މުވައްޒަފުން ފަރުވާ ކުޑަކަމަށް ބުނެ ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ މުވައްޒަފުންތަކެއް ވަކިކޮށްފައެވެ.
މިއީ މަޖިލީހުގެ ކޮމެޓީއަކަށް ފުރަތަމަ ފަހަރަށް ހުރިހާ ވަޒީރުން އެއް ފަހަރާ ހާޒިރު ކުރެއްވި ފުރަތަމަ ފަހަރެވެ. މި ކޮމެޓީގައި މިނިސްޓްރީ ތަކުގެ މަސްއޫލިއްޔަތައް އަދާކުރުމަށް ސިވިލް ސާވިސް ކޮމިޝަނުގެ އެއްބާރުލުން އޮތް މިންވަރާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.