Last Updated: March 29, 06:12
Friday, March 29, 2024
ޚަބަރު

ގާއި މޮރޭއަށް އައްޑޫން 25 ވަނަ ފަހަރަށް މަރުހަބާ ކިޔައިފި

1996 ވަނަ އަހަރު ފުރަތަމަ ފަހަރަށް އައްޑޫއަށް ޒިޔާރަތްކުރި ގާއި މޮރޭ 25 ވަނަ ފަހަރަށް އައްޑުއަށް ޒިޔާރަތް ކޮއްފިއެވެ.

މޮރޭގެ މި ދަތުރުގައި އޭނާއަށް ވަނީ އައްޑޫ ސިޓީ ކައުންސިލުންނާއި، އައްޑޫގައި އޭނާ ހުރުމަށް ހަމަޖެހިފައިވާ ޕެބްލްސްއިންގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެގޮތުން މޮރޭ އެއަރޕޯޓުން ހިތަދޫގައި ހުންނަ ޕެބްލްއިންސް އަށް ގެންގޮސްފައިވަނީވެސް ވަރަށް ތަފާތު ގޮތަކަށް، ލޯންޗުން ސީދާ ޕެބްލްސްއިން ކުރިމަތީގައި އޮންނަ ޖެޓީއަށެވެ. އެތަނުން އޭނާއަށް މަރުހަބާ ކިޔާފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ، އަބްދުﷲ ޞާދިޤާއި، ޕެބްލްސްއިންގެ ޓީމުންނެވެ. އަދި އޭނާއަށް ވަނީ ސިޓީ ކައުންސިލާއި އެމްއެމްޕީއާރުސީގެ ފަރާތުން ހަދިޔާތަކެއްވެސް އަރުވާފައެވެ.

މޮރޭ އައްޑޫއަށް ޒިޔާރަތްކުރަނީ ގޭމް ފިޝިންގއަށް އޭނާ ހުންނަ ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ. އޭނާ ވަނީ މެންދުރުގެ ކެއުމަށްފަހު މަހަށް ފުރާފައެވެ.