Last Updated: June 8, 09:28
Monday, June 8, 2026
ޚަބަރު

މޯލްޑިވިއަންގެ ޓިކެޓު ގަނެވޭ މޯބައިލް އެޕް ތައާރަފްކޮށްފި

ގައުމީ އެއާލައިންގެ ޓިކެޓު ގަނެވޭ މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް މިއަދު ތައާރަފުކޮށްފިއެވެ.

މޯލްޑިވިއަންގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޕްލިކޭޝަން ތައާރަފުކޮށްދެއްވީ މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީއެވެ.

މި އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ އަދި އެޕަލް ސްޓޯރުން ޑައުންލޯޑު ކުރެވޭނެއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ބުކްކޮށް، ފައިސާ ދައްކާލެވޭނެއެވެ. އަދި މޯލްޑިވިއަން ދަތުރުކުރާ މަންޒިލުތަކަށް ދަތުރުކުރެވޭ ފެއާ ތަކުގެ ތަފްސީލާއި ފްލައިޓު ޝެޑިއުލް ބަލައި ދަތުރު ކުރިއާލާ ޕްލޭން ކުރެވޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރިޒްވީ ވިދާޅުވީ މިއީ މޯލްޑިވިއަންގެ ހިދްމަތް ހޯދާ ކަސްޓަމަރުންނަށް ފަސޭހަ ހިދްމަތަކަށް ވެގެންދާނެކަމަށެވެ. އެގޮތުން ކައިރި މުސްތަގްބަލެއްގައި ޓިކެޓު ރިފަންޑު ކުރެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.