Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

އެކްސިޑެންޓްވެ މީހެއްގެ ފަޔަށް ސީރިއަސް ގެެއްލުންތަކެއް

މި ދިޔަ ރޯދަމަހުގެ ތެރޭ އީސީސީއަށް ދާން އޮންނަ މަގުގައި ހިނގި އެކްސިޑެންޓްގައި ގެއްލުންވި ސައިކަލް، މިރޭ މި ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ފައިވަނީ ބިންދައިގެން ގޮސްފައި. ފޮޓޯ/ އައްޑޫ ލައިވް

ސ. ހިތަދޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ކައިރީގައި މީގެ ކުޑަ އިރުކޮޅެއް ކުރިން ހިނގި ނުރައްްތެރި އެކްސިޑެންޓެއްގައި ފިރިހެެނެއްގެ ފަޔަށް ސީރިއަސް ގެެއްލުންތަކެއް ލިބިއްޖެ އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓްވެގެން އެތަނަށް ގެންދިޔަ މީހާގެ އެއް ފައި ބިނދި ފަޔަށް ވަރަށް ސީރިއަސް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެހެން ނަމަވެސް މި ހާދިސާ އާ ބެހޭ އިތުރު ތަފުސީލެއް ދޭން އަދި ދަތި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ސައިކަލުގައި ދަރިއަކާ އެކު ދަނިކޮށް އީސީސީ އާ ދިމާލުން ހިތަދޫ ބޮޑު މަގަށް ނިކުންނަ މަގުގައު ހުރި ގަސްމުށިގަނޑެއްގައި ޖެހި ހިނގި މި ހާދިސާގައި އަނިޔާވީ މަރަދޫ ބީޗް ފްލެޓް މުހައްމަދު އަސްލަމް، 47، އަށެވެ.

އެ މަގަކީ ވަރަށް އަނދިރިކޮށް އޮންނަ މަގެކެވެ. މީގެ ކުރިން ވެސް ސައިކަލެއްގައި ދިޔަ މީހަކު އެ ސަރަހައްދުގައި ހުރި ގަސް މުށްޓެއްގައި ޖެހި އަނިޔާވެފައިވެ އެވެ.