Last Updated: May 2, 02:14
Thursday, May 1, 2025
ޚަބަރު

އެއާޕޯޓަށް ބޭނުންވާ އުޅަނދުތައް ގެނެސްފި

photo: HPL

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ބައެއް އުޅަނދުތައް އައްޑޫއަށް ގެނެސްފިއެވެ.

އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި އައްޑޫ އެއާޕޯޓު އޮތަސް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބޭނުންވާ ގިނަ އުޅަނދުތަކާއި ވަސީލަތްތައް އައްޑޫ އެއާޕޯޓުގައި ނެތް ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ.

ހިތަދޫ ބަނދަރަށް އެއާޕޯޓުގެ އުޅަނދުތަކުގެ ފުރަތަމަ ޝިޕްމެންޓް ގެނެސް ކްލިއާ ކުރުމަށް ފަހު ގަން އެއާޕޯޓަށް މިހާރު ވަނީ ގެންގޮސްފައެވެ. ގެނައި އުޅަނދުތަކުގެ ތެރޭގައި ބޮޑެތި ފްލައިޓުތައް މަރާމާތުކުރުމަށް ބޭނުންކުރާ އުޅަނދުތަކާއި ލޮރީ އަދި އެހެނިހެން ސާމާނު ވަނީ މިހާރު ގެނެސްފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އެއާޕޯޓަށް ބޭނުންވާ އިތުރު ސާމާނާއި އުޅަނދުތައް ވެސް ގެންނާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.