ކެމްޕޭން ކުރެއްވުމަށް ވަޑައިގެންނެވި "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އައްޑޫ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފަތިހު މާލެ ފުރާވަޑައިގެންފި އެވެ.
ރައީސްގެ ޓީމް އައްޑު އަށް ކުރެއްވި ދަތުރުގައި ހުކުރު ދުވަހުގެ ރޭ ކޯލިޝަންގެ އަންހެނުންނާ ބެހޭ ސިޔާސަތު ވަނީ ހާމަ ކުރައްވާފަ އެވެ.
މީގެ އިތުރުން އިއްޔެ އައްޑޫގެ ގުޅިފައިވާ ރަށްރަށުގައި ޑރ. ވަހީދާއި އެ މަނިކުފާނުގެ ރަނިންމޭޓް އަހުމަދު ތަސްމީން އަލީ ވަނީ "ދޮރުން ދޮރަށް" ހިންގައި އާންމުންގެ ހާލު ވެސް ބައްލަވާފަ އެވެ.
އަދި ރޭ އެ ދެ ބޭފުޅުން ފޭދޫ ސްކޫލުގައި ބައެެއް އާންމުންނަށް ބައްދަލު ކުރައްވައި ޝަކުވާތައް އަޑު އެއްްސެވި އެވެ.
މި ބައްދަލުވުމުގައި ކުރިން ރައީސް ވާހަކަ ދައްކަވާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، އެކަން ފަހުން ވަނީ ކެންސަލްކޮށްފަ އެވެ. އެހެންވެ ރޭގެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ތަރާވީސް ދަމެއްގެ ގޮތުގަ އެވެ.