Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

އަޔެކްސްގެ ތަރި ޒިޔެކް ޗެލްސީ އަށް

އަޔެކްސް އަށް ކުޅެމުން އަންނަ މޮރޮކޯގެ ތަރި ހާކިމް ޒިޔެކް ޗެލްސީ އަށް ބަދަލުވާން ނިންމައިފިއެވެ.

އުމުރުން 26 އަހަރުގެ ޒިޔެކްގެ ޓްރާންސްފާއާ ގުޅޭގޮތުން ޗެލްސީ އާއި އަޔެކްސްއާ ދެމެދު މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން ޒިޔެކް ޗެލްސީ އަށް ބަދަލުވަނީ 33 މިލިއަން ޕައުންޑުގެ އަގަކަށެވެ.

ޒިޔެކް ރަސްމީކޮށް ޗެލްސީ އަށް ބަދަލުވާނީ މި ސީޒަނަށްފަހުއެވެ. ޒިޔެކް އަކީ ޗެލްސީގެ ކޯޗުކަމާ ފްރޭންކް ލަމްޕާޑްގެ ހަވާލުވިފަހުން އެޓީމަށް ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ.

މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ވެސް ޒިޔެކް ގެންނަން ޗެލްސީން މަސައްކަތް ކުރިއެވެ. ނަމަވެސް އެފަހަރު އަޔެކްސް އިން ވަނީ އޭނާ ވިއްކަން ދެކޮޅު ހަދާފައެވެ.

2016 ވަނަ އަހަރު އަޔެކްސްއާ ގުޅުނު ޒިޔެކް ވަނީ އެ ކްލަބަށް މިހާތަނަށް 160 މެޗު ކުޅެދީ 48 ގޯލު ކާމިޔާބުކޮށް 82 އެސިސްޓު ހަދާފައެވެ.