Last Updated: April 19, 06:56
Friday, April 19, 2024
ކުޅިވަރު

ސަންޗޯ އާއި ހާލަންޑުގެ ގޯލުތަކުން ޑޯޓްމަންޑް ދެވަނަ އަށް

އެއިންޓްރަކް ފްރެންކްފާޓްގެ މައްޗަށް 4-0 އިން ކުރި ހޯދައި ޖަރުމަނު ލީގުގެ ދެވަނަ އަށް ބްރޫޝިއާ ޑޯޓްމަންޑް އަރައިފިއެވެ.

މި މޮޅާއެކު ޑޯޓްމަންޑް ދެވަނައިގައި އޮތީ 42 ޕޮއިންޓާ އެކުއެވެ. އެއްވަނައިގައި ޑޯޓްމަންޑަށް ވުރެ އެއް މެޗު މަދުން ކުޅެ 43 ޕޮއިންޓާ އެކު އޮތީ ބަޔާން މިއުނިކެވެ.

ޑޯޓްމަންޑުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 33 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލޫކަސް ޕީޒްޗެކްއެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ޖޭޑަން ސަންޗޯ ޑޯޓްމަންޑުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 13 ވަނަ ގޯލެވެ.

ޑޯޓްމަންޑްގެ ތިންވަނަ ގޯލު މެޗުގެ 54 ވަނަ މިނެޓްގައި ޒުވާން ފޯވާޑް ހާލަންޑް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ގޯލު މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގުރޭރޯއެވެ.

މި މޮޅާއެކު ލީގުގެ ދެވަނަ އަށް ޑޯޓްމަންޑް އަރާފައިވާއިރު، ލީގުގެ އެއްވަނައިގައި ލީޑު ފުޅާކުރަން ބަޔާން މިއުނިކުން މާދަމާ ނިކުންނާނީ ކޮލޯންއާ ދެކޮޅަށެވެ.