ގއ. ވިލިނގިލީ މަގުތަކުގައި ފެންހޮޅި ވަޅުލުމަށްޓަކައި ތާރު އަޅާފައިވާ މަގުތަކުން ތާރު ކެނޑުމަށްފަހު މަގުތަކުގައި ސިމެންތި އަޅައިފިއެވެ.
މިކަމާއި ނުރުހުން ފާޅުކޮށް ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެންހޮޅި ވަޅުލުމަށްޓަކައި މަގުތަކުން ތާރު ކެނޑުމަށްފަހު އޭގެ ބަދަލުގައި ސިމެންތި އެޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރަށް ފަހި އަދި ފަސޭހަ ގޮތްތޮތައް ހަދަން ނުޖެހޭ ކަމަށް ސައުދު ވިދާޅުވިއެވެ.
"ޕްރޮޖެކްޓު ރޭވިގެން ޑިޒައިން ކުރެވި ހަވާލު ކުރެވުނު އިރުވެސް މަގުތަކުގައި ވަނީ ތާރަ އަޅާފައި. ތާރު ކަނޑާފައި އަޅަންޖެހޭނީވެސް ތާރު،" ސައުދު ވިދާޅުވިއެވެ.
Villingili ga fen holhi elhumah thāra magu thakuga thāra kandāfa cement elhumaky gaboolu kuran dhathi kameh, contractor ah fahi faseyha goi hadhākan nujehey, project reyvigen design kurevi havālu kurevunu iruves magu thakuga vany thāra alhāfa. Thāra kandāfa alhanjeheynee thāra. pic.twitter.com/0TAk6pIax5
— Saud Hussain MP (@SaudVillingili) February 14, 2020
ވިލިނގިލީ މަގުތަކުގައި ތާރު އަޅަން ނިންމީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެ މަސައްކަތް ފެށުމަށް އޭރު އެ ރަށުގެ މަގުތައް ވެސް ކޮނުނެވެ. ނަމަވެސް މަސައްކަތް ފެށޭ ގޮތެއް އޭރުވެސް ނުވިއެވެ. އެހެންކަމުން އެ މަސައްކަތް ފަށާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ޔާމީންގެ ވެރިކަމުގައި ވިލިނގިލީގެ 16 މަގެއްގައިވަނީ ތާރު އަޅާފައެވެ.