Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ރައީސްގެ ކާރުކޮޅަށް ފެންޖެހި މައްސަލައެއް ބަލަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރަސްމީ ކާރު ކޮޅު މައްޗަށް ފެންއެއްޗެއް ބަންޑުންކޮށްލި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސްގެ ކާރު ކޮޅު މައްޗަށް ހެންވޭރު ގައި ހުރި އިމާރާތެއްގެ އެޕާޓްމަންޓަކުން ފެން އެއްޗެއް ބަންޑުން ކޮށްލި ކަމަށް ބެލެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގި ވަގުތު ކާރު ކޮޅުގައި އިނީ ޑްރައިވަރު އެކަނި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިއަދު ހެނދުނު ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ ކާރުކޮޅުގައި ކައުންސިލް އިންތިހާބުގެ ޕޯސްޓަރު ހަރު ކުރުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން އެމްޑީޕީން ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި މި ހަރަކާތް ކުރިޔަށް ގެންގޮސްފައެވެ. ބައެއް ސަރަހައްދުތަކަށް ރައީސް ވަޑައިގެން އެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.