ހުޅުދޫގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ ސެޓް ލިންކުން އެ ކުންފުނީގެ ޚިދުމަތް ޑިޖިޓަލް އަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފި އެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރީން ހުޅުދޫގައި ކޭބަލްޓީވީގެ ޚިދުމަތް ދޭން ފެށި ސެޓް ލިންކުން ޚިދުމަތް ޑިޖިޓަލް އަށް ބަދަލު ކުރި ނަމަވެސް މީގެ ކުރީން އެ ކުންފުނިން ދެމުންދާ އިންޓަނެޓްގެ ޚިދުމަތް ވެސް މެދުނުކެނޑި ލިބެމުން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސެޓްލިންކުން ދެމުންގެން ދިޔަ ކޭބަލް ޓީވީގެ ޚިދުމަތް ޑިޖިޓަލް އަށް ބަދަލު ކުރުމާ ގުޅިގެން ތިން ޕެކެޖެއް ވަނީ ތައާރަފްކޮށްފަ އެވެ.
އެގޮތުން 250ރ އަށް 40 ޗެނަލް ލިބޭ އިރު 160ރ. އަށް 30 ޗެނަލް ލިބެ އެވެ. އަދި 100ރ. ގެ ޕެކެޖުން 10 ޗެނަލް ލިބޭނެ އެވެ.
މީގެ އިތުރުން ކުޑަ ކުދިންނަށް ޚާއްސަކޮށްގެން ސެޓް ލިންކުން ދޫކުރާ ޗެނަލްތަކުގެ ތެރޭގައި "ޑިޒްނީ ޖޫނިއަ" އާއި "ޑިޒްނީ ޗެނަލް" އަދި " ބޭބީ ޓީވީ" ފާހަގަކޮށްލެވެ އެވެ.
އަދި މީގެ އިތުރަށް އިނގިރޭސި މިއުޒިކް ޗެނަލް "ޓްރެސް" އާއި "އެމްޓީވީ ޔޫރަޕް" ގެ އިތުރަށް ހިންދީ ޑްރާމާތައް ދައްކަމުންދާ "ކަލާސް" ފާހަގަކޮށް ލަން ޖެހެ އެވެ.